ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ ގޯސްކޮށް ކަމަށާއި ސަސްޕެންޝަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯ އަޙްމަދު ޝަމާޙް ސަސްޕެންޑްކުރި މައްސަލައިގައި ކަން ހިންގައިދިޔަގޮތް ސާފުކުރަން، މިފްކޯގެ ސީއީއޯ ހިމެނޭ ގޮތަށް މެނޭޖްމެންޓްގެ ބައެއް މެންބަރުންނާއި، ޕީސީބީގެ ބޯޑު މެންބަރުން އިއްޔެ އެސްއޯއީ ކޮމިޓީއައް ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ، ޝަމާޙް ސަސްޕެންޑްކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި ކޮމިޓީގައި ޕީސީބީގެ ވާހަކަތަށް ހުރިގޮތުން މިފްކޯގެ ސީއީއޯ ސަސްޕެންޑު ކުރެވިފައިވަނީ ‘ޕްލޭން’ ކޮށްގެންކަން ގަބޫލުކުރެވޭ ކަމަށް އީސަ ވިދާޅުވިއެވެ.

އީސާ ވިދާޅުވީ މިފްކޯގެ ސީއީއޯ ސަސްޕެންޑްކުރަން ޖެހޭވަރުގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުބެލެވޭ ކަމަށެވެ.

އެހެންކަމުން ތަހުޤީގާއި އިންކުއަރީ ކުރިޔަށް ގެންދިޔުމުގެ ކުރިން މިފްކޯ ގެ ސީއީއޯ ގެ ސަސްޕެންޝަން އުވާލުމަށް އެސްއޯއީ ކޮމިޓީއިން ޕީސީބީ ގެ ކިބައިން ވަނީ އެދިފައެވެ.

މުގައްރިރު އީސަ އިތުރަށް ވިދާޅުވީ މިފްކޯހެ ސީއީއޯ ޝަމާހު ސަސްޕެންޝަނުގައި ބަހައްޓައިގެން އިންކުއަރީއެއް ކުރަންޖެހޭ ކަމަށް ނުފެންނަ ކަމަށެެވެ. އޭނާ ވިދާޅުވީ ޕީސީބީއަށް އެއްވެސް މައްސަލައެއް ނުފެނިގެން، އިންކުއަރީއެއް ހިންގައިގެން އޭގެތެރެއިން މައްސަލައެއް ހޯދަން އުޅޭހެން ހީވާކަމަށެވެ.

ސީއީއޯ ޝަމާހު އާއި މެދު ތުހުމަތު ކުރެވޭ މައްސަލަތަކުގައި މިހާތަނަށް ޕީސީބީއިން އޭނާއާއި ސުވާލު ކޮށްފައި ނުވާ ކަން ވެސް ކޮމެޓީގެ މުގައްރިރު ވަނީ ފާހަގަކުރަށްވާފައެވެ.

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ސީއީއޯ ޝަމާހު ސަސްޕެންޑު ކުރި މައްސަލަ ސާފުކޮށްދޭން ޕީސީބީ ގެ މެމްބަރުންގެ ކިބައިން އެދުނު ނަމަވެސް އިންކްއަރީ އަށް ހުރަސް އެޅިދާނެތީ ކަމަށް ބުނެ އެ މައުލޫމާތު ދޭން ޕީސީބީ އިން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މުޙައްމަދު

01-Apr-2024

މަޖްލީހުން މުއައްސަސާތަކުގެ ކަންކަމުގެ ތެރެއަށް މިހާރު ވަންނަމުންދާ ވަރަށްބަލާއިރު ގޭގޭގައި ކައްކާ ކާތަކެތީގެ ލޮނުހެޔޮވަރުތޯވެސް ބަލަންފަށާނެ.



ޓްރެންޑިން