ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ނިމިދިޔަ ސަރުކާރުގައި ޑެޕިއުޓީ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ޝިޔާމާ މުހައްމަދު ޕީއެންސީގެ ޓިކެޓްގައި ދާންދޫއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ފަޒީލަށް ތާއިދުކުރައްވަން ނިންމަވައިފި އެވެ.

ޝިޔާމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހޭ ކަަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް ވަގުތު ނެތުމާއި އަދި ފަންޑްވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން، އެންމެ މަސްލަހަތު ހަމަޖެހޭނެގޮތެއް ކަމަށް މިހާލަތުގައި އަޅުގަނޑަށް ވިސްނެނީ މަޖިލިސް އިންތިޚާބު 2024 ދާންދޫ ދާއިރާއަށް، އަޅުގަނޑާއި އަދި އަޅުގަނޑަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށް ދިނުމަށެވެ." ޝިޔާމާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ޝިޔާމާ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކުރީ ކޮވިޑްގައި ހިންގި ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ސަސްޕެންޑްކޮށްފައި އަހަރެއްހާ ދުވަހު ބެހެއްޓުމަށް ފަހު 2021 ވަނަ އަހަރު އެވެ.

ނިޝާމާ އަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރި ބިޑް ކޮމިޓީގެ ޗެއާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން