އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި ފާސްކުރި އދ.ގެ ގަރާރު ތަންފީޒުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެ ގަރާރު އިއްޔެ ފާސްކުރީ އދ ގެ ސެކިއުރިޓީ ކައުންސިލްގައި ބަރިވެރިވާ 15 ގައުމުގެ ތެރެއިން 14 ގައުމުގެ ވޯޓާއި އެއްކޮށެވެ. ވޯޓުގައި ބައިވެރި ނުވީ އެމެރިކާއެވެ.

އެ ގަރާޜަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ވަނީ އެ ގަރާރަށް އިސްރާއިލުން ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވެ ގަރާރު ތަންފީޒުކުރަން ގޮވާލައްވާފަ އެވެ.

ހަމަ އެހެންމެ މާތް ވެގެންވާ ރަމަޟާން މަހުވެސް އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުން ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާވެރިކަމަށް ލުޔެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ގަތުލު އާންމު ހުއްޓުވަން ބައިނަލްއަގުވާމީ ގައުމުތަކުން ވަގުތުން ވަގުތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ދުނިޔެއިން ފަލަސްތީނުގެ ހައްގުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ." އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން