ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

އެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ރޭ ފުލުހުން އަނިޔާކުރުމާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރި ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި ފުލުސް އޮފިޝަލް ހިމާޔަތްކޮށް ހެކި ނައްތާލުމަށް މަސައްކަތްކުރާ ހަޑި މަންޒަރު ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، ވަނީ އެކްސްގައި ރައްދު ދެއްވައިފަ އެވެ. އަދި އެކަން ހިނގި ގޮތް ވަނީ ސާފުކޮށްދެއްވައިފަ އެވެ.

"ރޭގެ 22:05 ހަާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް. ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވިފަރާތްތަކަށް ރޭގައި ފަރުވާ ދެވުނު." ޝިފާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން