ޖަަޕާނުގެ އެހީއާއެކު ފެންހިދާ ޕަންޕު ނެތް ހުރިހާ ރަށަކަށް ޕަންޕު ފޯރުކޮށްދޭން ނިންމައިފި އެވެ.

ޖަޕާނު ސަރުކާރާއެކު އިއްޔެ ރާއްޖެއިން ސޮއިކުރި ހަތަރު އެއްބަސްވުންތަކުގެ ތެރޭގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ޖަޕާުނުގެ އެހީގެ ގޮތުގައި 600 މިލިއަން ޔެން (ހަތަރު މިލިއަން އެމެރިކާ ޑޮލަރު) ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެ އެވެ.

އެންޑީއެމްއޭއިން ބުނީ އެ ޕްރޮޖެކްޓް ގެ ދަށުން ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ ފަޔަރ ވެހިކަލްއާއި، އަލިފާން ނިއްވާ ޕަންޕު، ފެން ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކްއެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކުރާނެ ކަމަށެވެ.

އަދި އޭގެ ތެރޭގައި ހިމެނޭ ފަޔަރ ފައިޓިންގ ވެހިކަލް ތަކާއި އަލިފާން ނިއްވާ ޕަންޕު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކޮށް މާލެ ސަރަޚައްދާއި އަތޮޅު ތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުޑަ ކުރުމަށް އެ ތަކެތި ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

"އަދި ގެނެވޭ ފެން ހިންދާ ޕަންޕުތައް މިއޮތޯރިޓީއިން މިހާތަނަށް ފެން ހިންދާ ޕަންޕު ފޯރުކޮށްނުދެވޭ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިޕަންޕު ތަކުގެ ސަބަބުން މިހާރު ވާރޭ ވެހި ފެން ބޮޑުވާ ރަށްރަށަށް ކުރިމަތިވާ ކާރިސާ ތަކުގެ ސަބަބުން ރައްޔިތުންގެ ގޯތި ގެދޮރަށާއި، ހިފާ ގެންގުޅޭ ސާމާނާއި، ދަނޑު ބިންތަކަށް ލިބޭ ގެއްލުންކުޑަ ކުރެވި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަސައްކަތަށް ރަށްރަށުގެ ވިލުންތެރިކަމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރެވިގެން ދާނެއެވެ." އެންޑީއެމްއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން