މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް
ކޯވިޑް-19 އާއިމެދު ހުރިހާ ފަރާތްތަކުންވެސް ސީރިއަސް ވިސްނުމަކުން ވިސްނައި ބައްޔައް ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިހާލަތުގައި ޝަރީފް ވިދާޅުވީ މިބައްޔަކީ ނުރައްކާތެރި ބައްޔެއްކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. މިބައްޔަކީ ވަކި ޤައުމަކަށް ވަކި އުމުރަކަށް އޮތްކަމަކަށް ނުވާއިރު ބަލިން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންވެސް ސީރިއަސްކަމާއިއެކު ދެކި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ބަލީގެ ނުރައްކާތެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލީގައި މަރުވާ މީހުންގެ އަދަދަށް ބަލައިލުމުންވެސް ސާފުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޯވިޑް-19 އަކީ ނުރައްކާތެރި ބައްޔެއްކަން އެންމެންވެސް ޤަބޫލުކުރަންޖެހޭ. ބައްޔާމެދު ސީރިއަސްކޮށް ދެކެންޖެހޭ. މިއީ ނުރައްކާތެރި ބައްޔެއް. މިބަލީގެ ނުރައްކާ އެންމެންނަށް އެބައޮތް. މިބައްޔަކީ މުއްސަންޖަކަށް، ނިކަމެތި މީހަކަށް ކުޑަކުއްޖަކަށް ބޮޑުމީހަކަށް އޮތް ކަމެއްނޫން. މިކަމުގައި އެންމެންވެސް ރައްކާތެރިވެ އާއިލާއާއި ތިމާގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

މިފަދަ ބަލިމަޑުކަމަކީ މުޅި މުޖުތަމައު އެކީގައި އެއްބައިވަންތަކަމާއިއެކު ކުރެވޭ މަސައްކަތަކުން އަރައިގަނެވޭނެ ބަލި މަޑުކަމަކަށްވާއިރު، މިކަމުގައި އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކުރުމަށްވެސް ޝަރީފް ވަނީ ގޮވަލައްވާފައެވެ. ބަލީގެ ނުރައްކާ މިއަދު ކޮންމެ މީހަކަށްވެސް އޮތްއިރު، އަމިއްލަ ސަލާމަތާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޞިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އުޅުމަށްވެސް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ކޯވިޑް-19 އަކީ މުޅި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެއް. ބަލީގެ ނުރައްކާ އެންމެނަށް އެބައޮތް. މި ނުރައްކާތެރި ބައްޔަށް އެންމެން ރައްކާތެރިވެ ފަރުވާތެރިވޭ. ތިމާއައި، އާއިލާއަށް ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރައްވާ." ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް19 އަކީ ނުރައްކާތެރި ބައްޔެއްކަމަށް ޝަރީވް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު، މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށްނިސްބަތްވާ ބައެއް މެމްބަރުންވަނީ މިބައްޔަކީ އެހާބޮޑު ބައްޔެއް ނޫންކަމަށް ސިފަކޮށް ބަލީގެ ސީރިއަސްކަން ކުޑަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިބައްޔަކީ އާދައިގެ ރޯގާއެއްކަމަށް ވިދާޅުވެ ބަލީގެ ނުރައްކާ މާބޮޑުނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން