ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ޗެއާމަން 2023 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާކުރައްވަން ގަސްދުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ.

މިގޮތުން، އެފަރާތުން ހިލޭ ހަދިޔާކުރާ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން