ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅުގެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައި އޮއްވައި ދުއްވާތީ އަނެއްކާ ވެސް ސަމާލުވާން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު އޮންނަ ކަނޑު އޮޅިން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމަކީ އެ މިނިސްޓްރީން މިހާރު ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ވަކިން ޚާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑު ބޯޓުފަހަރު މި ދެ ކަނޑުއޮޅިން ދަތުރު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މާލެ ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިން މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުގައި މި ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅައިފައި އޮންނާނެ އެެވެ.މި ކަމުގެ ސަބަބުން މި ދެ ކަނޑުއޮޅި ބޭނުންކުރާ އާންމު އުޅަނދުތަކަށް ހާދިސާއެއް ކުރިމަތިވުމަކީ އެކަށިގެންވަ ކަމެއްކަން އެ މިނިސްޓްރީން ބުންޏެވެެ.

އެހެންވެ އެ ދެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރިކަމަށް ނުވާތީ އެ ތަން ބަންދުކޮށްފައިވާކަން ހަނދާންކޮށްދޭ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

އެ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން