މިނިސްޓަ އަމީންއާއިއެކު އެޗްއީއޯސީގެ މުވައްޒިފުން، ފޮޓޯ:އެޗްއީއޯސީ
މިނިސްޓަ އަމީންއާއިއެކު އެޗްއީއޯސީގެ މުވައްޒިފުން، ފޮޓޯ:އެޗްއީއޯސީ
ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ނުރައްކާ ބޮޑުވުމުން ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވަން ހަމަޖެހިއްޖެއެވެ.

އެޗްއީއޯސީން އާންމުކޮށް ޕްރެސް ބާއްވަމުންދަނީ ރޭނގަޑު 10:00 ގައެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ޕްރެސްއެއް ބޭއްވުމަށް އެޗްއީއޯސީން ނިންމާފައިވަނީ ކޮންކަމާއި ގުޅިގެންކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ޕްރެސް ދެއްވަނީ ކޮންބައެއްކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ މިފަހަކަށް އައިސް ދުވާލުގެ ގަޑިއެއްގައި ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

މާލެ ސަރަހައްދުގައި ބަލީގެ ނުރައްކާ ބޮޑުވެ ބައްޔައް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ފާއިތުވެދިޔަ 5 ދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށްވުރެ މަތީގައި އުޅޭއިރު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4000 އަށްވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައެވެ.

ބަލީގެ ހާލަތު އިތަށް ގޯސްވުމުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވުން ވަނީ ލަސްކޮށްފައެވެ. އަދި މިއަދު ވަނީ މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވުމަށް ކުރިން އިއުލާންކުރި މުއްދަތު ފަސްކޮށްފައެވެ. މިހާރު ސްކޫލުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން