ރައީސް އަބްދުﷲ ޔާމީން، ފޮޓޯ:ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން، ފޮޓޯ:ރައީސް އޮފީސް
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނޔގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވަނިކޮށް އެމަނިކުފާނު އެދިވަޑައިގެންނެވުމާއެކު އަޑު އެހުން ކެންސަލް ކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ ބާއްވަން ހައި ކޯޓުން ކުރިން އޮތީ ތާވަލްކޮށްފަ އެވެ. މާދަމާގެ އަޑުއެހުން ފަސް ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ވަކީލުން އެދުނީ މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެނގިފައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ލަސްވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ކުރިއަށް ގެންދަނީ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމައިލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން އިތުރު ފުރުސަތެއް ދިނީ ޔާމީން އެދިވަޑައިގަތުމުންނެވެ. ޖަލުގައި ހުންނަވައިގެން ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާތީ، އެ ދުވަހުގެ އަޑުއެހުމުގައި ޔާމީން އެދިވަޑައިގަތީ އެ ފުރުސަތު ދެއްވުމަށް ފަހު މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން