މި އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު ދޭ އެވޯޑެކެވެ. މިއެވޯޑް ދިނުމުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އެވޯޑު ދެވޭނީ، އެވޯޑަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.
މިއެވޯޑަށް ނަން ހުށަހެޅޭ މައިގަނޑު ދެ ކެޓެގަރީއެއްވެއެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ.
ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި ހަތަރު ދާއިރާއެއްގެ ދަށުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ " ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.
އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ފޯމު ފުރިހަމަ ކުރުމަށްފަހު، އެންމެހައި ލިޔެކިޔުންތަކާއެކު އޭޕްރިލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުށައެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމަށް އެކުލަވާލާފައިވާ "ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ" އިން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު