މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އިތުރު ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަނުކޮށްފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މުވައްސަސާސާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އިބްރާހިމް މަފާޒް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕއިުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ.

މަފާޒް ވަނީ އޮސްޓްރޭލިއާގެ ކެންބަރާ ޔުނިވާސިޓީން ކަސްޓަމްސް އެޑްމިނިސްޓްރޭޝަންއިން މާސްޓާސް ހާސިލު ކުރައްވައިފަ އެވެ.

އޭނާ ވަނީ ކަސްޓަމްސްގައި 27 އަހަރު ހިދުމަތްވެސް ކުރައްވައިފަ އެވެ.

މަފާޒް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވި އިރު އެ މަގާމުގައި މިހާރުވެސް އިތުރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން