މ. ދިއްގަރު ރޯޔަލް-10 ބޯޓު
މ. ދިއްގަރު ރޯޔަލް-10 ބޯޓު
މާލެއިން މ. ދިއްގަރަށް ދަތުރުކުރަމުންދިޔަ އެރަށު "ރޯޔަލް-10" ބޯޓުން ހަތަރު ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ބޯޓު އަނބުރާ މާލެއަށް ދަތުރު ފަށައިފި އެވެ.

ދިއްގަރުން "ރަސްއޮންލައިނަށް" މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ބޯޓުގެ ހަތަރު ފަޅުވެރިއަކު ޕޮޒިޓިވްވެފައިވާކަން ހިއްސާކުރެއްވީ މިއަދު އެރަށުގެ ސިއްހީ މަރުކަޒާ ގުޅުމަށްފަހު ކަމަށެވެ. އަދި ބޯޓުގެ ވެރިފަރާތާ ކުރެވުނު މަޝްވަރާތަކަށްފަހު ބޯޓު މިހާރު މާލެއަށް ދަތުރު ފަށާފައިވާކަމަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުން ޕޮޒިޓިވް ވެފައިވަނީ ބިދޭސީ 04 ފަޅުވެރިންނެވެ. އެމީހުންގެ ސާމްޕަލް ނަގާފައިވަނީ ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ ތެރެއިންނެވެ.

މ. އަތޮޅުގެ ގިނަ ރަށްރަށަށް މުދާ ގެންދިއުމުގައި ޙަރަކާތްތެރިވާ ރޯޔަލް ބޯޓުގައި މިލިއަނެއްހާ ރުފިޔާގެ މުދާ ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. ރޯޔަލް ބޯޓު ކަރަންޓީން ކޮށްފިނަމަ މ. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ގޭހާއި އެހެނިހެން ޒަރޫރީ ތަކެތި ލިބުމުގައި ބޮޑު ދަތިކަމެއް މެދުވެރިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން