ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ،

މިއަދު އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިމަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މިއެއްބަސްވުމުގެ ދަށުން 42.6 ހެކްޓަރ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2098 މީޓަރ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 1400 މީޓަރ ޖިއޯބޭގް ރިވެޓްމެންޓް ޖެހުންވެސް މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުއަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެެކެވެ.

މިމަޝްރޫޢުއަކީ 280.94 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން