ކޯވިޑް-19 ޖެހިގެން 1 މަހުގެ ތުއްތު ކުއްޖެއްގެ ޙާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ކޯވިޑް-19 އަށް 1 މަހުގެ ތުއްތު ކުއްޖަކު ޕޮޒިޓިވް ވެފައިވާކަމަށާއި، އެ ކުއްޖާ ވަރަށް ގަދަ އަށް ހުން އައުމުގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ޑީހައިޑްރޭޓްވުމުގެ އިތުރުން ގާތުން ދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ރާއްޖޭގައި ކޯވިޑް-19 ޖެހޭ ކުޑަކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އުމުރުން 10 އަހަރުން ދަށުގެ 200 އަށް ވުރެ ގިނަ ކުދިންނަށް ކޯވިޑް-19 ޖެހިފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވަމުން އަންނައިރު އިއްޔެ އެކަނިވެސް 129 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖެ އިން މިހާތަނަށް 4،293 މީހުން ކޯވިޑް-19 އަށް ފައްސިވެފައިވާ އިރު، ފައްސިވި މީހުންގެ ތެރެއިން 93 މީހުންނަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،670 މީހުންނެވެ.

ރާއްޖެ އިން މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން