ރ. އުނގޫފާރާއި، ޅ. އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
އެޗްޕީއޭ އިން މި ފިޔަވަޅު އަޅާފައިވަނީ، އޯގަސްޓް 3 ވަނަ ދުވަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީހަކު ކޯވިޑް-19 އަށް ފައްސި ވުމުގެ ސަބަބުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ މާލެ ފޮނުވާލި މި ބަލި މީހާއަކީ ޅ.އޮޅުވެލިފުށީ މީހެކެވެ. އޭނާ މާލެ ފޮނުވާލުމުގެ ކުރިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ކޯވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އެހެން ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.
މި މީހާ 2 ވަނަ ޓެސްޓެއް ހަދާފައި ވަނީ އިއްޔެ އައިޖީއެމްއެޗުން ޓެސްޓު ކުރުމުން ފައްސިވެފައިވާތީ ނަތީޖާ އިތުރަށް ޔަގީން ކުރުމަށެވެ. އެމީހާގެ ދެވަނަ ސާމްޕަލްގެ ނަތީޖާވެސް ޕޮޒިޓިވް ވުމާ ގުޅިގެން ރ.އުނގޫފާރާއި ޅ.އޮޅުވެލިފުށި މިހާރުވަނީ މޮނީޓަރިން ޙާލަތަށް ގެންގޮސްފައެވެ.
މި ކޭސްއާ ގުޅިގެން އެ ބަލިމީހާއާ ކޮންޓެކްޓްވި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން އަދި ނަރުހުން ވަނީ ހޯމް ކަރަންޓީނަށް ލާފައެވެ. އަދި އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭއިން ވަނީ އެ ދެރަށުގައި ފަށާފައެވެ. އަދި އެ ދެރަށުން އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު