މި ހިނގާ ރަމަޟާން މަހުގެ ފަހު 10އެއްގައި ދަމުނަމާދު ކުރާނީ މާލޭގެ 32 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތާއި ހުޅުމާލޭގެ 11 މިސްކިރެވެ.

ދަމު ނަމާދުކުރަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ބަންޑާރަ މިސްކިތް، ފުރުގާން މިސްކަތް، ދުބުރި މިސްކިތް، ތޮއިބާ މިސްކިތް، މާވެޔޮ މިސްކިތް އަދި ފަނޑިޔާރު މިސްކިތް ހިމެނެ އެވެ.

އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މަސްޖިދުލް ހަސަން އާދަމް، މަސްޖިދުލް އުސްމާން ބިން އައްފާން އަދި މަސްޖިދުލް އަބޫބަކުރު ސިއްދީގުގައި ވެސް ދަމުނަމާދު ކުރާނެ އެވެ.

ފަހު ދިހައެއްގައި 16 މިސްކިތެއްގައި އިއުތިކާފަށް ތިބޭ ގޮތަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. އެއީ މާލޭގެ އަށް މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ ހަތް މިސްކިތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން