ސަރުކާރުން އިދިކޮޅު ސިޔާސީ ވެރިންނަށް ބިރު ދައްކަން ކުރާ މަސައްކަތް ފެއިލް ވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ގުޅިގެންނެެވެ.
އެކަން ކުށްވެރި ކުރަށްވައި އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެފައިވާ ގޮތަށް އިދިކޮޅު ސިޔާސީ ވެރިންނަށް ބިރުދައްކަން ކުރާ މަސައްކަތް ވެސް ފެއިލް ވާނެ ކަމަށެވެ. ސަރުކާރުން މިފަދަ ކަންކަން ކުރަމުން ދަނީ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެތީ ގޮތް ހުސްވެގެން ކަމަށާއި ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން އެމްޑީޕީގެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު އެކްސްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރިއަސް އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރާ ކަމަށެވެ. އަދި އޭނާ ހާޒިރުކުރީ މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ބުނިކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އޭނާ އާއި ފުލުހުން މިއަދު ސުވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރާ ވަޒީރުންގެ މާލީ ބަޔާންތަކުގައި ހާމަކޮށްފައިވާ ވިޔަފާރި މުއާމަލާތަކާ ގުޅޭ މައުލޫމާތާ ގުޅިގެން ކަމަށެވެެ. އެއީ، ސެޕްޓެމްބަރު 2022، ގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނަކާ ގުޅިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭނާ ފުލުހަަށް ހާޒިރުކުރުމުގެ ބޭނުމަކީ އަނިޔާވެރިކަމުގެ މަންޒަރު ދައްކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Strongly condemn the intimidation of @MDPSecretariat Chairperson @faya_i by summoning him to be questioned on baseless allegations today.
— Abdulla Shahid (@abdulla_shahid) March 28, 2024
The government’s attempts to scare and intimidate opposition leaders will fail - just as their policies and governance has failed the people.… pic.twitter.com/mTZaTjucCh
ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު އެކްސްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރިއަސް އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރާ ކަމަށެވެ. އަދި އޭނާ ހާޒިރުކުރީ މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ބުނިކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އޭނާ އާއި ފުލުހުން މިއަދު ސުވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރާ ވަޒީރުންގެ މާލީ ބަޔާންތަކުގައި ހާމަކޮށްފައިވާ ވިޔަފާރި މުއާމަލާތަކާ ގުޅޭ މައުލޫމާތާ ގުޅިގެން ކަމަށެވެެ. އެއީ، ސެޕްޓެމްބަރު 2022، ގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނަކާ ގުޅިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭނާ ފުލުހަަށް ހާޒިރުކުރުމުގެ ބޭނުމަކީ އަނިޔާވެރިކަމުގެ މަންޒަރު ދައްކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު