ފާތިމަތު ނަޒީފާ އަޙްމަދު   28 މާރިޗު 2024 - 22:8
ވަގުތީ ޕެޓުކެއަރ ޝެލްޓަރގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ވަގުތީ ޕެޓުކެއަރ ޝެލްޓަރގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މާލޭ ސަރަޙައްދުގައި ބުޅާ ފެސިލިޓީ އެޅުމުގެ އަަމަލީ މަސައްކަތުގެ ބިންގާ އަޅައިފިއެވެ.

ފަރުކޮޅު ފުށީގައި ހަދާ ވަގުތީ ޕެޓުކެއަރ ޝެލްޓަރގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމްއެވެ.

މި ފެސިލިޓީއާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ، މިއީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިޕްރޮޖެކްޓް ނިމޭއިރު އެކި ވައްތަރުގެ ޕެޓަށް އަޅާލެވޭފަދަ ފެސިލީޓީއެއް ޤާއިމު ކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ބުޅާ ފެސިލިޓީ އެޅުމަށް ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ.

ސިޓީ ކައުންސިލުން ބުނީ ބުޅާ ފެސިލިޓީ ހެދުމުން މާލޭގައި ދިރިއުޅޭ ބުޅާތައް އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ބުޅަލުގެ އަދަދު 3000 އަށް ވުރެ ގިނަވާނެ ކަމަށް ސިޓީ ކައުންސިލުން ލަފާކުރެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދެ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމަން ކަމަށެވެ.

މާލޭގައި ބުޅާ ފެސިލިޓީ ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އެވެ. އަދި އޭރު އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ކަނޑައަޅާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން