ފާތިމަތު ނަޒީފާ އަޙްމަދު   28 މާރިޗު 2024 - 22:29
މިދިޔަ މަހު މާލޭގައި 211 ކައިވެނި ރަޖިސްޓްރީކޮށްފައިވާއިރު، 131 ވަރީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ މަހު އެ ކޯޓުން ވަނީ މިދިޔަ މަހުގެ ކުރީގައި ހުށަހެޅުނު ވަރީގެ މައްސަލަތަކާއިއެކު ޖުމްލަ 183 ވަރީގެ މައްސަލަ ނިންމާފައެވެ.

ފެބްރުއަރީ މަހު ވަރި ސާބިތުކުރުމަށް ފެމިލީ ކޯޓަށް 52 މައްސަލަ ހުށަހަޅާފަވާއިރު ވަރި ސާބިތު ކުރުމުގެ 64 މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފައެވެ. މިދިޔަ މަހު ވަރި ކުރުމަށް އެދި 20 މައްސަލައެއް ހުށަހަޅާފައި ވާއިރު، ވަރިވުމަށް އެދި ހުށަހަޅާފައި ވަނީ 64 މައްސަލައެކެވެ.

ވަރިއާމެދު ޝަައްކު ވެގެން ހުށަހަޅާފައިވާ ދެ މައްސަލައެއް އެ ކޯޓުން ވަނީ މިދިޔަ މަހު ނިންމާފައެވެ. އަދި ވަރިވުމަށް އެދި ހުށަހެޅި 119 މައްސަލައެއް ނިމިދިޔަ މަހު ނުނިމި ބާކީ ހުރި ކަމަށް އެ ކޯޓުގެ ހިސާބުތަކުން ދައްކައެވެ.



އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރިގިނަ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން