ފްރަންޓްލައިންގައި މަސައްކަތް ކުރާ ޓީމެއްގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ޓީމެއްގެ އޮފިޝަލުން ހަރަކާތްތެރިވަނީ
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ސަރުކާރުން މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އިއުލާން ކޮށްފައިވަނީ، މިރޭ 10:00އިން ފެށިގެން ފަތިހު 5:00އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގައި އެއް ވަގުތެއްގައި 5 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާއިރު، ބަލި ފެތުރެމުންދާ ހާލަތެއްގައި އެއްވެސް ކުޅިވަރެއް، ޓޯނަމަންޓެއް ވެސް ނުބޭއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އަދި މާލެ އަށް ކޮންމެހެން ދެން އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށާއި، އަދި އެ އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށް މާލެ އަށް ނުފޭބޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިދުވަސްވަރު އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓު މުވައްޒަފުން ކަމަށް ވެސް ވަނީ، އާ އުސޫލުގައި ހަމަޖައްސައިފަ އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި އެކަންޏެވެ. މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި މަޢުލޫމާތު ދެއްވަނީ އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ އަދި މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މާލޭ ސަރަޙައްދުގައި ލޮކްޑައުނަށް ދިން ލުޔާއެކު، ދިވެހިންގެ މެދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަނީ މައްޗަށެވެ. އަދި އެ ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ މަތިވެފަ އެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، އެއީ މުޅިން ވެސް ދިވެހިންނެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 19 އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 4،293 މީހަކަށް ކޮވިޑް ޖެހި، 2،670 މީހަކު އެ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 1،589 މީހެކެވެ. އޭގެ ތެރެއިން 92 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޔޫސުފް

05-Aug-2020

ކަމެއްގެ މުނާސަބު ވަގުތު އެކަމެއްނުކުރެވިއްޖެ ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ވާހަކަ އަކީ އެންމެންވެސް ގަބޫލުކުރާ ކަމެއް ނަމަވެސް މި ކަންތަކުގައި ސަރުކާރުން އަމަލު ކުރި ގޮތުން ރާއްޖޭގެ ރައްޔިތުން ކުރިމަތިލާން ނުޖެހޭ ކިތަންމެ ކަމަކައި އަދުވަނީ ކުރިމަތިލާންޖެހިފައިކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ގައުމު މި ހާލަތަށް ދިއުމުގައި ސަރުކާރުގެ ނާގާބިލްކަން, ކަމާގުޅުންހުރި ދުނިޔޭގެ ޖަމިއްޔާތަކިންވެސް ދަނީ ފާހަގަ ކުރަމުންނެވެ.



ޓްރެންޑިން