ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރާ ޗީފް ސްޕޯކްސް ޕާސަން ކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަނު ކޮށްފިއެވެ.

ޕީޕީއެމް/ ޕީއެންސީގެވެސް ސްޕޯކްސްޕާސަން ކަން ކުރައްވަމުން ގެންދަވާ ހީނާ އަކީ އެންސްޕާގެ ސީއީއޯއެވެ.



މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ ހީނާ ވަނީ ޓީވީއެމްގައި 17 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ފޮރިން މިނިސްޓްރީގައި ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމު އަދާކުރެއްވި ހީނާ ވަނީ ޕަބްލިކް ސާވިސް މީޑިޔާގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

ކޮމިއުނިކޭޝަން އަދި ޖާނަލިޒަމްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ހީނާ މިހާރު މަތީ ތައުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނެޝަނަލް އެފެއާޒްގެ ދާއިރާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން