ރަމަޟާން މަހުގައި މާތް ﷲ ލައްވަވާފައިވާ ކާމިޔާބީތަކުން އިބުރަތް ހާސިލުކުރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

ރަމަޟާން މަހު މުސްލިމުންނަށް ދެއްވި ބޮޑެތި ކާމިޔާބީތަކުގެ މައްޗަށް މިއަދުގެ ހުތުބާގައި ވަނީ އަލިއަޅުވާލައިފަ އެވެ.

ހުތުބާގައި ބުނީ ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށެވެ. އެގޮތުން މި މައްސަރުގައި މުސްލިމުންނަށް ދެއްވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަސްރުކަން ފާހަގަކޮށްފައި ވެެއެވެ. އެ ދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހެވެ.

ރަމަޟާން މަހު މުސްލިމުންނަށް ދެއްވި ދެވަނަ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހިޖުރައިން އަށްވަނަ އަހަރު ރަމަޟާން މަހުގެ 20 ވަނަ ދުވަހު މުސްލިމުން މައްކާ ފަތަހަ ކުރެއްވި ކުރެއްވުމެވެ.

މި ރަމަޟާން މަހު މުސްލިމުންނަށް ދެއްވާފައިވާ އެހެން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމުގެ ފުރުސަތެވެ. އެއީ ލައިލަތުލް ގަދުރި ވިލޭޭރޭގެ ފުރުސަތެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަަމަށް ވުރެ ބޮޑެވެ.

އެހެންކަމުން މި މައްސަރުގައި މާތް ﷲ ލައްވަވާފައިވާ ކާމިޔާބީތަކުން ފިލާވަޅާއި އިބުރަތް ލިބިގަންނަ ބައެއް ކަމުގައި އަޅުގަނޑުމެން ވުމަށް ހުތުބާގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން