މޭނާ ހައްސާން
މޭނާ ހައްސާން
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ޑީއާރުޕީއަށް ސޮއިކޮށްފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވީޑިއޯއެއް ހިއްސާ ކުރައްވަމުން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އޭނާ އަކީ ހައްސާނުގެ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށާއި އޭނާއަކީ ރާއްޖޭގެ "ނަމްބަރު 1 ލެޖެންޑު" ކަމަށެވެ. އަދި ހައްސާނު ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއްކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.



"ވަގުތު ނެތޭ ވަގުތު ނެތޭ" ލިޔުއްވުމަށްފަހު ޓުވީޓު ކުރެއްވި ވީޑިއޯގައި ހައްސާނު ސޮއިކުރުމަށްފަހު ހައްސާނުގެ "ވަގުތު ނެތޭ" ލަވައަށް ޖާބިރާއެކު ނައްޓަވާ މަންޒަރު ފެނިގެންދެއެވެ. ޖާބިރު ވަނީ އެންމެން ނުކުތުމަށްވެސް ޓުވީޓުގައި ވިދާޅުވެފައެވެ.

ޖާބިރުގެ ގައިކޮޅުގައި ބައްދާލައިގެން ހުންނަވާ ހައްސާނު ވަނީ މިހުންނެވީ ޑީއާރުޕީއަކީ ރައްޔިތުންގެ އެންމެ ލޯބިވާ ޕާޓީއެއްގެ ގޮތުގައި ހެދުމަށް ނިޔަތްގަނެ ވެރިމީހާގެ ގައިގައި ބައްދާލައިގެން ކަމަށް ވިދާޅުވެފައެވެ.

ޑީއާރުޕީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ހުންނެވި ޖާބިރަކީ އެޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން