ހިކުމަތާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަށްވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދިފާޢުގައި ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފް ނިކުމެވަޑައިގެންފިއެވެ.

ޕީޕީއެމް/ޕީއެންސީ އަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވެފައިވާތީ އެކަަމާއި ގުޅިގެން ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ގެންދަވަނީ ރައީސް ޔާމީންގެ އެ ވާހަކަފުޅަށް އެކްސްގައި ރައްދު ދެއްވަމުންނެެވެ. އެ ބަހުސްގެ ތެރެއިން ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ޕީޕިއެމް/ ޕީއެންސީގެ ލީޑަރަކީ ރައީސް މުޢިއްޒު ކަމަށާއި އެ ދެ ޕާޓީގެ ލީޑަރޝިޕް އޮތީ އެމަނިކުފާނާއެކު ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ފިސާރި ސާބިތުކަންމަތީގައި ކަމަށެވެ.

ނާއިބް ރައީސް ވިދާޅުވީ އެމްޑީޕީން ގައުމު ވައްޓާލި އަނދަވަޅުން ގައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެއާއި ދުވާލު ރައީސް މުޢިއްޒު ވަރަށް ބުރަ މަސައްކަތްޕުޅު ތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.



"ހިކުމަތާއެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ދަނީ ފެންނަމުން." ނާއިބް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ގެންދަވަނީ ފަހަކަށް އައިސް މިހާރުގެ ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެެވެ. އަދި އެ މަނިކުފާނު ވަނީ ޕީޕީއެމް ދޫކޮށްލައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ފީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން