މި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި މިއީ ހަމައެކަނި ފޮޓޯ އެއް ނެގުމަށް ކަން ކުރަމުންދާ ސަރުކާރެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅުގެ ދެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ބޭއްވި ތަރާވީހުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޝްރޫއުތައް ފަށަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށާއި މަޝްރޫއުތައް ފަށަނީ އެކަމަށް ބޭނުންވާ ފައިސާ ވެސް ނުހޯދައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ވެސް މިހާރު އޮތީ ހުއްޓިފައި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފެށީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.

"މި ސަރުކާރަކީ ކަންކަން ކުރާއިރުގައި ޕްލޭނެއް ނެތި، ރޭވުމެއް ނެތި، ފައިސާ ނުހޯދައި ހަމައެކަނި ފޮޓޯއެއް ނެގުމަށްޓަކައި ކަން ކުރަމުންދާ ސަރުކާރެއް،" ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ އެ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ވެސް ހޯދުމަށްފަހުގައި ކަމަށެވެެ. އެގޮތުން ގުޅީފަޅު ހިއްކަން ފެށީ އެކަމަށް ބޭނުންވާ ދިރާސާތައް ހަދައި ފައިސާ ހޯދައިގެން ކަމަށް ރައީސް ސޯލިހް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގައި އިގުތިސޯދީ ސިޔާސަތެއް އަދި ތަސައްވުރެއް ނެތް ކަމަށެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ޓޫރިޒަމް ދާއިރާ އަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބި ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށައް ގޮސްފައިވާ ކަން ފާހަގަކުރަށްވާފައެވެ. އެހެންކަމުން ގައުމުގެ އިގްތިސާދާއި ގައުމު މިހާރު ދާ މިސްރާބު ބަދަލުކުރަން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ސ.

01-Apr-2024

ވަރަށްރީއްޗެއްނު. ތިބުނާ ފޮޓޯނަގާ އިޝްތިހާރުކުރީ ނިމުނު އެމް.ޑީ.ޕީ ސަރުކާރުން.


-1

ދޮންދުބުރިމާ

01-Apr-2024

ތިކަން ވަރަށް ސާފް ވޭތިވެ ދިޔަ 5 އަހަރު ތިޔަބުނާ ފިލްމު ކުޅުން ނޫން ކަމެއް ކޮށްފައި ތަ ދިޔައީ ފައިބައިގެން



ޓްރެންޑިން