ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި އެވެ.

ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.

އެގޮތުން ހެނދުނު 10:00 އިން މިރޭ 12އިގެ ނިޔަލަށް ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުން ސޮއި ކުރަމުންދަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.

ކެންާޑިޑޭޓޫންގެ ބަދަލުގައި ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވެސް ސޮއިކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ މި ރޯދަ މަހުގެ ކުރީކޮޅު އެވެ.

ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން