މާލޭގެ މިސްކިތަކުން ފަންކާތަކެއް ވަގަށް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.

ވަގަކު އެ މިސްކިތުން ފަންކާއެއް ހިފައިގެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުވެސް ކޮށްފަ އެވެ.

އެ ވިޑިއޯއިން ފެންނަނީ ފިރިހެނެކެވެ.

"މި ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާ ކުރެވިފައި." ސިޓީ ކައުންސިލުން ބުންޏެވެ.

މިދިޔަ ހަފުތާގައި މާލޭގެ ދަރުމަވަންތަ މިސްކިތުން ދެ ފަންކާ ވަނީ ވަގަށް ނަގައިފަ އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން މިސްކިތުގައި ހުންނަ ހަތިމު ވެސް ވަގަށް ނަގައިގެން ގޮސް ވިއްކަން އުޅެފައި ވެއެވެ.

މިސްކިތްތަކުން ވައްކަން ކުރަމުންދާ އިރު މާލޭ ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަމުން ދަނީ ސީސީޓީވީ ބޭނުންކޮށްގެން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން