ރާއްޖެ އިން މިއަދު އިތުރު 153 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 23 މީހުން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 116 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 11 މީހަކާއި ސްރީލަންކާ 4 މީހަކާއި އިންޑޮނޭޝިޔާ މީހަކާއި މިސްރުމީހަކާ، އިނގިރޭސި ވިލާތާއި ކެންޔާގެ ރައްޔިތަކު ކަމަށެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން 148 މީހުން ޕޮޒިޓުވް ވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 05 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
މިއަދު ބަލިޖެހުނު 153 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 4446 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 23 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2693 އަށް އަރާފައެވެ.
މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދު ވަނީ 1719 އަށް އަރާފައެވެ. އައިސޮލޭޝަންގައި ތިބީ 1152 މީހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 105 މީހަކަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ވެސް ވަނީ ގެނެސްފައެވެ. ކޮވިޑް-19އާ ގުޅިގެން ހއ.ގެ ދެރަށަކާއި ހދ.ގެ 3 ރަށެއް މޮނިޓަރިންގެ ޙާލަތަށް ވަނީ ގެނެސްފައެވެ.
އެޗްޕީއޭއިން ބުނީ ހއ. އަތޮޅުން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އިހަވަންދުއާއި މާރަންދޫ ކަމަށެވެ. އަދި ހދ.އަތޮޅުން ފިނޭއާއި ނޮޅިވަރަމާއި މަކުނުދޫވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް އެރަށް ރަށައް އަރައި ފޭބުން މަނާކޮށްފައެވެ. މޮނިޓަރިންގެ ޙާލަތުގައި އޮންނައިރު މި ރަށްތަކަށް އަރައި ފޭބޭނީ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއް ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު