އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމަށް ތުުހުމަތުކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެޕާޓްމަންޓްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ، އިރުދޭމާގޭ، ހަސަން އަލީ (39އަހަރު) އެވެ.

އޭނާ ހައްޔަރުކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކުގަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ހަސަން ހައްޔަރުކުރީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކުގައި ކަމަށް ވެފައި އެ މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނުނެވެ.

އެހެންވެ އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

އެހެންވެ ހަސަން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އޮވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ހަސަންގެ މަސްތުވާތަކެތީގެ ރެކޯޑްވެސް އޮވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން