މި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސްޓެލްކޯއިން ހިދުމަތް ދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ރައީސް ވިދާޅުވީ، އެ ދުވަސްތައް ބަންދުކުރި ނަމަވެސް އާއްމުންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ދިނުމަށް އިދާރާތަކުން އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުކުރު ހޮނިހިރު ބަންދު ވާނެ ކަމަށާއި، ހިދުމަތް ދޭނީ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ކަސްޓަމަރ ސާވިސް ކައުންޓަރުން ޚިދުމަތް ދޭނީ 11:00 އިން 13:00 އަށެވެ. މައުލޫމާތު ކައުންޓަރ ހުޅުވިފައި ހުންނާނީ 11:00 އިން 13:00 އަށެވެ.

މީގެއިތުރުން ސޭލްސް ސެންޓަރ ހުޅުވާފައި ހުންނާނީ 13:00 އިން 16:00 އަށެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެތަކުން ޚިދުމަތް ދޭނީ 11:00 އިން 12:00 އަށެވެ.

މިއަދަކީ ރަމަޟާން މަހުގެ 21 ވަނަ ދުވަހެވެ. އެހެންކަމުން ފަހު 10 ފެށުމާއެކު، ރައީސް މުއިއްޒުގެ ނިންމެވުމާއެކު މިއަދުން ފެށިގެން ރޯދަމަސް ނިމެންދެން ސަރުކާރު ބަންދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން