ޕޭޕަލް އަދި އެހެނިހެން ޑިޖިޓަލް ޕޭމަންޓް މުއާމަލާތް ކުރެވޭ ގޮތް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދަވައިފި އެެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދުން ފެށިގެން ގެނައި ބަދަލާއެކު ބޭރު ރުފިޔާ ޓްރާންސްފާ ކުރުމުގެ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭގޮތަށް ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކް ކޮށް މުއާމަލާތް ކުރެވޭގޮތް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އެއާއެކު މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

އޭގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް މި މުއާމަލާތްތައް ކުރަން ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޕޭޕަލް ފަފަ ޒަމާނީ ޑިޖިޓަލް މާލީ މުއާމަލާތްތައް ކުރާ ޕްލެޓްފޯމްތައް ރާއްޖޭގައި ބޭނުން ނުކުރެވުމަކީ ދިވެހި ޒުވާނުންގެ ވަރަށް ޒަމާންވީ ޝަކުވާއެކެވެ. އެގޮތުން ރާއްޖޭގެ ޒުވާނުންގެ އުފެއްދުންތައް ބޭރުގެ އޮންލައިން މާކެޓްތަކުގައި ވިއްކައިގެން އާމްދަނީ ނުހޯދެނީ ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދިވެހި ބޭންކު އެކައުންޓްތަކަށް ފައިސާ ލިބޭނެ ގޮތް ނެތުމުންނެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދު ފުުއްދެވުމާއެކު ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދިވެހިންނަށް ވެސް މިއަދުން ފެށިގެން ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން