ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާކުރި ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށްދާ މީހުން އިސްތިސްނާ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިއްމައިފިއެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިގޮތަށް އަންގާފައި ވަނީ މިރެއިން ފެށިގެން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގާ އާންމުކޮށްފައިވާ އިއުލާނެއްގަ އެވެ. އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ ކަމަށެވެ.

އަދި އެވަގުތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް މަނާވާނެ ކަމަށް އެންގެވުމުގައިވެއެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް އެންގުމުގައި ބުނެ އެވެ.މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، އޮންލައިންކޮށް މީޓިންތައް ބާއްވަން އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ ވިލިމާލެ ގޭގެ އަށް ޒިޔާރަތް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން މި އެންގުންތަކުން އިސްތިސްނާވާ ފަރާތްތައްވެސް ޑިރެކްޓަރު ޖެނެރަލްގެ މި އެންގުމުގައި ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒިފުންނާއި އެ މުވައްޒިފުން ދުއްވާ ވެހިކަލް، އެމްބިއުލަންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން، ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނެވެ. މިހާރު މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.މި ފިޔަވަޅު އަޅާފައިވަނީ، ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ މިއަދު ކަމާބެހޭ އިދާރާތަކުން އާންމުކުރި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން