އުތުރުތިފަޅު ބޭރު ބަޔަކަށްދީ މި ސަރުކާރުން ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހައިފި ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމަށް ސަރުކާރުން ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުމާއި ގުޅިގެންނެވެ. ކުރީގެ ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފްގައި އިންޑިއާގެ އަސްކަރިއްޔާއާއެކު އެއްބަސްވުމެއް ގާއިމުކޮށް އެތަނުގައި އަސްކަރީ މަސައްކަތް ތަކެއް ކުރުމަށެވެ. އެތަނުން ގޯތި ދޭނެކަމަށް އިޢުލާނު ކުރީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައެވެ.

އެކަަމަށް އިޝާރަތް ކުރަށްވައި ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނު މީހުންނާ ދަފްތަރަށް ނިސްބަތްވާ އެތައް ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި ރައީސް ސޯލިހްގެ ސަރުކާރުން ހައްލެއް ހޯއްދަވާ ދެއްވި ކަމަށާއި އެއީ ގުޅީފަޅުންނާއި ގިރާވަރުން ގޮސްގުޅޭ އުތުރު ތިލަފަޅު ކަމަށެވެ. އެގޮތުން އުތުރުތިޅަފަޅުން ބިންހިއްކާ އަތޮޅުތެރޭ އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ރައީސް ސޯލިހް ސަރުކާރުން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ހޯދުމަށް ކުރިމަތިލި މީހުންގެ ތެރެއިން 20 ހާސް ރައްޔިތުންގެ ލިސްޓު ކުރީގެ ސަރުކާރުން ގެޒެޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުތުރުތިޅަފަޅުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ ގޯއްޗާއި ފުލެޓް ދިނުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"މިއަދު މި ސަރުކާރުން މި ފަޅު ބޭރުބަޔަކަށްދީ ދަނޑުގޮވާން ކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ އުއްމީދުގައި ކޮޅުފައިން ޖަހައިފި، މިކަން ބަލަން ރައްޔިތުން ނުތިބޭނެ. އެތަނުގައި ރައީސް މުއިއްޒު ކުރަށްވަންޖެހޭނެ ކަމަކީ ރައްޔިތުން އެދިފައި ހުރިގޮތަށް ގޯއްޗާއި ފްލެޓް ގެ މަސައްކަތް ކުރިއަށް ގެންދެވުން،" އަންނަ ރައްޔިތުންގެ މަޖިލީހުގައި މާލޭގެ މެމްބަރު ކަމަށް ވާދަކުރަށްވާ އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގާ ފުށިދިއްގަރުފަޅު ހިއްކުން ނުވަތަ ރަސްމާލެ މަޝްރޫއަށް ފާޑުވިދާޅުވަމުން އަކްރަމް އިތުރަށް ވިދާޅުވީ މާލެ ރައްޔިތުން ރަންނަމާރި ކަނޑު ހުރަސްކޮށް މާދުރުގައި އޮތް ތަނަކަށް ދާކަށް ބޭނުމެއްނުވާ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ތިލަމާލޭން ބްރިޖަކުން ގުޅާލެވޭ އުތުރު ތިލަފަޅުގައި އެމީހުންގެ ބޯހިޔާވަހިކަން ކަމަށް އަކްރަމް ވިދާޅުވިއެެވެ.

"ރައީސް މުޢިއްޒު ދަނޑު ގޮވާން ކުރައްވަން ރާއްޖޭގެ ބިން ތަނަވަސް އެހެން ސަރަހައްދުތައް މާ ރަނގަޅުވާނެ، މާލޭ ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް މާ މުހިންމުވާނެ." އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން