ވެމްކޯ އިން ކުނި ޓަނަަކަށް މިހާރު ނަގާ 750 ރުފިޔާ 500 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީޕިއެމް/ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެމްކޯއިން ކުނި ޓަނަކަށް މިހާރު 750 ރުފިޔާ ނަގަމުންދާ ކަމަށެވެ. އަދި ކުނި ޓަނަކަށް މިހާރު ނަގަމުންދާ 750 ރުފިޔާގެ ފީ އަކީ އާންމު ދިވެހި ރައްޔިތުންނަށް ދައްކަން ވަރަށް ބޮޑުއެއްޗަކަށް ވެފައިވާ އެ އަގު ކުޑަކޮށްދިނުމަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރާއި ކަމާ ބެހޭ ވަޒީރާ ވެސް މަޝްވަރާ ކޮށްފައި އޮންނާނީ، އެހެންވީމަ ޓަނަކަށް މި ނަގާ 750 ރުފިޔާ 500 ރުފިޔާ އަށް ސަރުކާރުން ކޮށްދޭނަން އެކަން އެބޭފުޅުން އިއުލާން ކުރަށްވާނެ މާ ލަސްތަކެއް ނުވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ވެމްކޯ އަކީ މިދިޔަ ސަރުކާރު ނިމުނުއިރު ވަރަށް ހާލުގައި އޮތް ކުންފުންޏެއް ކަމަށެވެ. އެހެން ކުންފުނިތަކެކޭ އެއްގޮތަށް ވެމްކޯ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރަައީސް ވިދާޅުވިއެެވެ. ރައީސް ވަނީ މީގެ ކުރިން އަމިއްލަ ވިޔަފާރި ތަކުން ވެމްކޯ އިން އުކާލާ ކުނި ޓަނުން ނަގާ އަގު ވެސް ކުޑަކޮށް ލުއިދީފައިވާކަން ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން