ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

ކަރެކްޝަނުން ބުނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 44 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ ރ. މަޑުއްވަރީ ވިންޑްމާގޭ އަހްމަދު އިޖާޒު އެވެ.

ކަރެކްޝަނުން ބުނިގޮތުގައި އަހްމަދު އިޖާޒު ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރި ކަމަަށާއި އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި ބަލީގެ ހާލަތު ދެރަކަމުން މާޗް ނުވަވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ހާލަތު ގޯސްވެ ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށާ އައިސީޔޫއިން އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރޭ 11:30 ހާއިރު ކަމަަށް ކަރެކްޝަނުން ބުންޏެެވެ.

އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއް ގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް މާޗް ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެނެވުނު މީހެއް ކަމަށް ވެެސް ކަރެކްޝަނުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން