ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އެވެ.

އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މަގޫދޫގައި ހަދަމުންދިޔަ އެއާޕޯޓްގެ 70 ޕަސެންޓް މަސައްކަތް ނިމިފައި އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ މަޖިލީހަށް ކުރިމަތިލައިފައި ވަނިކޮށް މަގޫދޫއާ 10 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ފ. ނިލަންދޫގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމީ ސިޔާސީ މަންފާއަށް ކަަމށެވެ.

މިއީ ކުރީގެ ސަރުކާރުން ފަށާފައިވާ އަދި ރައްޔިތުންނަށް މަންފާވާ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާނެކާމާއި ކުރިއަށްވުރެ ފުރިހަމަ ގޮތުގައި އެކަން ކޮށްދޭނެކަމަށް ރައްޔިތުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދާވެސް ހިލާފް އަމަލެއްކަމަށް ހަލީމް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

އަދި އެ ނިންމުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އެހެންކަމުން ދެފުއްފެންނަ ސިޔާސަތުތަކާއި "ގުޑް ގަވަނަންސް" ގެ މާތް އުސޫލުތައް ސަރުކާރުގެ ހުރިހާ ނިންމުމެއްގައި އިސްކުރުމަށް ސަރުކާރަށް ގޮވާލުމާއިއެކު އެ މައްސަލައިގާ ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް އޭނާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން