ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ހައްގު އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދޭން އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެ ޖަމާއަތުން ވަނީ އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާތީ އެކަމާ އެޖަމްއިއްޔާއިން ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ. މީގެ އިތުުރުން އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވާ ކަމަށާ އަދި ޕީޖީން އެދިގެން އިސްތިއުނާފު ޝަރީއަތް ނިމެންދެން އަދީބު ޖަލު ބަންދަށް ބަދަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އެކިއެކި ކުށްކުށުގެ ތުހުމަތުގައި ބަންދުކޮށްފައިތިބޭ މީހުންނަށް ބޭސްފަރުވާއާއި އެނޫންވެސް ލިބެންޖެހޭ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ބައިނަލްއަޤވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމްކަމެއް ކަމަށް އެމްނެސްޓީންވަނީ ފާހަގަކޮށްފައެވެ.
ދައުލަތުން އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހުގެ 23ވަނަ ދުވަހު ހައިކޯޓުން އަމުރުކުރުމާއެކު އަދީބު މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.
އަދީބުގެ މައްސަލާގައި އެމްނެސްޓީން ސަރުކާރަށް އެންގި އެންގުމުގައިވަނީ އަނެއްކާވެސް އަދީބު ބަންދުގައި ހުންނެވިއިރު، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން އަދީބު ހޯއްދަވަންޖެހޭ ފަރުވާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރަސް އަޅާފައި ވަނިކޮށް އެ ފުރުސަތު މި ސަރުކާރުން ދިނަސް، އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ އެންގުމުގައިވެ އެވެ.
ރައީސަށް ފޮނުވި ސިޓީގައި އަދީބަށް ބޭނުންވާ ބައެއް ފަރުވާ ރާއްޖެއިން ލިބެން ނެތްކަންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އަދީބުގެ ގާނޫނީ ޓީމުން އޭނާއަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދެމުންދިޔަ ނަމަވެސް އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ބާތިލުކޮށް ކުރިމިނަލްކޯޓުން ބޭރުކޮށްލީ މިދިޔަމަހުގެ 14 ވަނަދުވަހުއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި ހުކުމްގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ރެމާންޑް ޖަލެއްގައި އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ހުކުމް ކުރީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު