ވެރިކަމަށް އަޔަސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނުކޮށްދެވޭ ކަމަށް ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފުގެ ތާއީދާއެކު، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި، އަންނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް ތާއިދު ހޯދުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ކަަމުގެ މަގާމަށް ރައްޔިތުން ބޭފުޅަކު އިންތިހާބުކުރަނީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރުމަށް ކަމަށެވެެ. އަދި ޕީޕިއެމް ޕީއެންސީއަށް ވެރިކަމަށް އާދެވިއްޖެ ކަަމަށާއި އެހެން ނަމަވެސް ރައްޔިތުން އެދޭފަދަ ވެރިކަމެއް މި ސަރުކާރަށް ނުކޮށްދެވޭ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި އެމަނިކުފާނު އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފުން ޖަލްސާތައް ބާއްވަން ޖެހެނީ އެކަންކަން ފުރިހަމަ ނުވާތީ ކަމަށް ޔާމިން ވިދާޅުވި އެވެ.



މީގެ އިތުރުން ޔާމިން ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއު ވެސް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އެގޮތުން މި ސަރުކާރުން މަޝްރޫއެެއް ފަށަައިފިނަމަ އެ މަޝްރޫއެއް ހުއްޓާލާ ކަމަށް ޔާމިން ވިދާޅުވިއެެވެ. އެމަނިކުފާނު ވިދާޅުވީ ރަމަޝާން މަހު ތަކެތީގެ އަގު އުފުލިގެން ނުދިޔައީ މި ސަރުކާރުން މަޝްރޫއުތައް ހިފަހައްޓާފައި ހުރުމުން ޑޮލަރުގެ ތާށިކަމެއް ނެތުމުން ކަމަށެވެ.

"ސަރުކާރުގެ ހުރިހާ ކެޕިޓަލް މަޝްރޫއެއް މިހާރު ހުއްޓާލާފައި އޮތީ، ޑޮލަރަށް ދުވާ ދިވެހި ފައިސާ މިވަގުތު މަދު. އެހެންވީމަ އިމްޕޯޓް ކުރާ މީހުންނަށް ޑޮލަރު މި ލިބެނީ ވެސް މިވަގުތު އެއީ އެމްއެމްއޭ އަކަށް އެހެން ޕްރެޝަރެއް ނާދޭ ކޮމާޝަލް ބޭންކުތަކަށް ޕްރެޝަރެއް ނާދޭ. ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގާކަށް ފައިސާ ހޯދާކަށް ނާދޭ، އެހެންވީމަ ޑޮލަރު އަޅުގަނޑުމެންނަށް ލިބޭތީ ﷲ ގެ ރަޙުމަތާއެކީ ރަމަޝާން މަހު ތަކެތީގެ އަގު މާބޮޑުތަނުން އުފުލިގެން ނުގޮސް މި ހިފެހެއްޓެނީ އެހެން ހުރިހާ މަޝްރޫއު ތަކެއް ހިފަހައްޓާފައި ހުރީމަ،" ޔާމިން ވިދާޅުވިއެވެ.

ރޭ ބޭއްވި ކެމްޕެއިން ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވީ ޕީޕިއެމް-ޕީއެންސީ މަގުމަތި ކޮށްލަން އުޅުމުން އެ ފުރުސަތު ނުދީ މިއަދު މިތިބީ ވެރިކަމަށް އައިސް ކަމަށެެވެ.

"ޕީޕިއެމް ޕީއެންސީ މަގުމަތި ކުރަން އުޅުނީމަ އެފުރުސަތު ނުދީ ވެރިކަމަށް އައިސް، މިތިބީ ޕީޕިއެމް ޕީއެންސީ އާއި މެމްބަރުން މަގުމަތިކޮށްލަން ދިމާކުރި ވަގުތު އަޅުގަނޑުމެން ނިކުތީ މަގުމަތިވިޔަ ނުދޭން، އެހެންވީމަ ޕީޕިއެމް ޕީއެންސީ އަށް ކުރިއެރުން އަންނަ ގޮތް މި އެގެނީ އަޅުގަނޑުމެންނަށް،" އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން