ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުންވެސް އެންމެ ގިނަ އިންސައްތައިގެ ވޯޓު ލިބޭނީ ގުރައިދޫ ދާއިރާއިން ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގުރައިދޫ ދާއިރާއަށް ޕީއެންސީން މި ފަހަރު ކުރިމަތިލައްވާ ކެންޑިޑޭޓް ހަންނާން މުހައްމަދު ރަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ހޫނު ތަރުހީބެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ތ؛ ގުރައިދޫން ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ގުރައިދޫ އިންނެވެ.

"މި ފަހަރު ރައްޔިތުންގެ މަޖިލީހުގައި ވެސް ތި ބޭފުޅުން މުޅި ރާއްޖެއިން ވެސް ކެންޑިޑޭޓަކަށް އެންމެ މަތީ އިންސައްތަ ދޭނީ އަޅުގަނޑު ހަމަ ހިތް ބުނަނީ ހަމަ ގުރައިދޫ ދާއިރާއިންނޭ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގުރައިދޫ ރައްޔިތުން ތިއްބެވީ އެ އަޒުމުގައި ކަމަށް ޔަގީންވާ ކަމަށެވެ.

ރޭގެ ކެމްޕޭން އިވެންޓްގައި އެމަނިކުފާނު ވަނީ ގުރައިދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު ތަކުރާރުކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން