ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތްކުރަމުން." ޝަހީމް ވިދާޅުވިއެވެ.



އިޒްރާއީލުން މެދުނުކެނޑި ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމުވެ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. އަދި ކާނާއާއި ބޯފެނަށް ޖެހި ބަނޑުހައިހޫނުކަން އާންމުވެފައި ވާއިރު އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން