މިއަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް ރ.އަތޮޅު މީދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރަށާއި، އެމަނިކުގެ އަނބިކަބަލުންނަށް ފުރައްސާރަކޮށް ހަޖޫޖެހުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އީދުކުޅިވަރު ތަކުގެ ތެރެއިން ރ.އަތޮޅު މީދޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް އިސްބޭފުޅުންގެ މޫނުއަޅައިގެން މަގުމަތީގައި ހިނގާ މަޖާނަގާ މަންޒަރު ފެންނަ ވިޑިއޯތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ގިނަ މީހުން މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ބުނެފައިވަނީ މި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.

މި އަމަލު ކުއްވެރިކޮށް ޖުމްހޫރީ ޕާޓީން އާންމުކުރި ޓްވީޓެއްގައި ބުނީ މިއަމަލަކީ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބު އަމަލެއްކަމަށެވެ. އަދި މިކަން ކުރި ބަޔަކު މިކަން ކޮށްފައިވަނީ މުޖުތަމައުގައި ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަމަށް ވެސް ބުނެފައި ވެއެވެ.

"ޖޭޕީގެ ލީޑަރ އަދި ލީޑަރުގެ އަނބިކަނަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމުގައި ދެކެން. މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ޖުމްހޫރީން ޕާޓީން ބުނެފައި ވެއެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް19 ފެތުރެމުންދާތީ މިއަހަރުގެ ފިތުރު އީދާއި އަޟުހާ އީދުގެ ހަރަކާތްތައްވެސް ރާއްޖޭގެ ގިނަ ރައްތަކުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އީދާއި ގުޅިގެން ކުޅޭ ކުޅިވަރުތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ދިވެހިންގެ ސަޤާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ކުޅިވަރުތަކަށް ކަން ފާހަގަކުރެވެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ރަށްތަކުގައި އީދާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި މުޖުތަމައުގެ އާންމު މިންގަޑުތަކާއި ޚިލާފް ނުރަނގަޅު ހަރަކާތްތައް ކުރިއަށްގެންދާތަން ފެނިގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ދަވާލި19

06-Aug-2020

އެހެންމީހުންނައް ޖޯކުޖެހުން އެއީ އީދުއުފާ ނަހުލާ ގާސިމައް ޖޯކުޖެހުންް ނާތަހުޒީބު ކިހާސަޅި



ޓްރެންޑިން