އުތުރުތިލަފަޅުގައި މި ސަރުކާރުން ހިންގަން ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓް ވެގެންދާނީ އާދަޔާއި ހިލާފު ޓެކްނޮލޮޖީ މުއްސަނދި ބިޔަ މަޝްރޫއަކަށްކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް ޗައިނާގެ ބަޔަކާއެކު ހެދި އެއްބަސްވުން ބާތިލުކުރާނެކަން އެކުންފުންޏަަށް އަންގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަންކުރަން 5 އަހަރާއި މަޖިލީހުގެ ސްޕަމެޖޯރިޓީއާއި އެކު ލިބުނު ކަމަށެވެ. ނަމަވެސް، އާޚިރުނަތީޖާއަކީ ހަމަކުރީފަހަރެކޭވެސް އެއްފަދައިން ގައުމު ބަނގުރޫޓް ކޮށްލުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އުތުރުތިލަފަޅުގައި ތަރައްގީކުރާ އެގްރިކަލްޗަރ އިކޮނޯމިކްޒޯން ވެގެންދާނީ އާދަޔާއި ހިލާފު ،އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ މުއްސަނދި ފަހުރުވެރި ބިޔަ މަޝްރޫއުއަކަށް ކަމަށެވެ.

ސަރުކާރުން ބުނެފައިވާގޮތުގައި، އުތުރުތިލަފަޅުން ހިއްކާ ބިމުން ބައެއް ޗައިނާގެ ކުންފުންޏަކަށް ދެނީ އެތަނުގައި ދަނޑުވެރިކަން ކުރުމަށް ކަމަށާއި އެތަން ހާއްސަަވާނީ ސްޓޭޕްލް ފުޑް ހައްދާ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ރާއްޖެއަށާ ބޭނުންވާ ކާބޯތަކެތީގެ މިންވަރު ކަށަވަރުކުރުމަށް ވެސް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން