ގައްޒާގެ ހާލަތާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދުގެ މަދަހައެއް ނެރެފި އެވެ.
ޒައިދު އެކްސްގައި ކުރެއްވި ޕޯސްެޓެއްގައި ވިދާޅުވީ އެ މަދަހައަކީ ޝައިހު ހަސަން ލަތީފް ހެއްދެވި ޅެމެއް ކަމަށެވެ. އަދި ރާގު އުފައްދަވައި ކޮމްޕޯޒް ކުރެއްވީ އަމިއްލައަށް ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.
އަދި އެ ޅެން ޒައިދުގެ އަޑުން ރެކޯޑްކޮށް މަދަހައެއްގެ ގޮތުގައި މިހާރު ވަނީ ނެރެފަ އެވެ.
ޒައިދު ވިދާޅުވީ އަޅުގަނޑުމެންގެ ހެޔޮ ދުއާތައް ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ކަމަށެވެ.
"އަދި ބަދު ދުއާތައް ވަނީ އިސްރާއިލުގެ ސިފައިންގެ މައްޗަށް." ޒައިދު ވިދާޅުވި އެވެ.
މިދިޔަ އޮކްޓޫބަރު މަހު އިސްރާއިލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއެކު އިސްރާއިލުން ދަނީ ތަނެއް ދޮރެއް ނުބަލައި ޣައްޒާގެ ރައްޔިތުން ޝަހީދު ކުރަމުން ނެވެ.
އެގޮތުން އިސްރާއިލުން ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ އަދަދު 32،000 އިން މައްޗަށް ވަނީ އަރައިފަ އެވެ.
ޣައްޒާގެ ރައްޔިތުންނަށް ދިވެހީންގެ ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މަދަދު އެކި ގޮތްގޮތުން ފޯރުކޮށްދެމުން ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކޮންމެ ބަޔަކު ހަރަކާތެއް ހިންގި ނަމަވެސް ދިވެހި ގިނަ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު