ފުވައްމުލަު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 11:34 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮސްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ފަރުވާ ދެމުން ދަނީ 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން