ވިލިމާލޭގެ އިންޖީނުގެއަށް އިތުރު ޖެނެރޭޓަރެއް އިތުރުކޮށްފި އެވެ.

ވިލިމާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ސްޓެލްކޯއިން ބުނީ މެދުކެނޑުމެއްނެތި ވިލިމާލޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ޔަޤީން ކޮށްދިނުމަށްޓަކައި ވިލިމާލޭ އިންޖީނުގެއަށް ބައެއް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި އެއާއެކު 1.6 މެގަވޯޓުގެ ޖެެނެރޭޓަރު ސެޓެއް ކޮމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ދުވަހެއް ދުވަހަކަށް ވިލިނގިލީގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ. އަދި އިތުރުކުރި އާ ޖެެނެރޭޓަރާއެކު ބޭނުންވާ ވަރަށް ކަރަންޓް ފޯރުކޮށްދެވޭވެނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން