އަހުޒަމް އަޙްމަދު   3 އޭޕްރީލު 2024 - 14:20
ހެލްމެޓެއް ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލޭގައި ސައިކަލުގައި ދިޔަ ދެ ފިރިހެނަކު ހެލްމެޓެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާާންމު ކުރައްވައިފަ އެވެ.

އެ ސައިކަލުގައި ދިޔަ ދެ މީހުން ވަގަށް ނަގަނީ ޕާކު ކޮށްފައި ހުރި އެހެން ސައިކަލެއްގެ މަތީގައި އަޅުވާފައި އިން ހެލްމެޓެކެވެ.

އެ ހެލްމެޓް ވަގަށް ނެގުމަށް ފަހު އަވަސް އަރުވާލާފައި އެމީހުން ސައިކަލުގައި ދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ވީޑިއޯގައި ފެންނަ އަމަލު ތަޙްގީގުކޮށް، އެކަން ކުރިކަމަށް ތުހުމުތުކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

މި ރޯދަ މަހު ވެސް މިފަދަ ވައްކަމުގެ މައްސަލަތައް ދަނީ ފެންމަތިވަމުން ނެވެ.

އެގޮތުން މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން