ބަންކަރިންގެ ހިދުމަތުގެ ހާއްސަ މެޕުގައި ރާއްޖެ ހިމެނިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބަންކަރިންގެ ހިދުމަތުގައި ރާއްޖެ ހިމެނުނުކަން ހާމަ ކުރައްވައި އޭގެ ފޮޓޯއެއް އެކްސްގައި ހިއްސާ ވެސް ކުރައްވައިފަ އެވެ.

ބަންކަރިންގެ މެޕުގައި ރާއްޖެ ހިމެނުނުއިރު ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފުޅާކުރަން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށުމަށް ވިޓޯލް ގުރޫޕާއެކު އެސްޓީއޯއިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި މި މަހު ވަނީ ސޮއިކޮށްފައެވެ.

ވިޓޯލް ގްރޫޕަކީ ހަކަތައިގެ ވިޔަފާރިކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު، އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔަރުގެ އިތުރުން ސިންގަޕޯރގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދިނުމަށް އޮގަސްޓު 10, 2023 ގައި އެސްޓީއޯއިން ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން