ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް، މާލެ ސަރަހައްދުން ނުގެންދެވި ހުރި ފަރާތްތަކަށް، އެސްޓީއޯ ކާޑު ގުދަނުން އެތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯ ކާޑު ގުދަނުން، ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ދޫކުރުމަށް ހަމަޖެހިފައިވަނީ 04 އެޕްރީލް 2024 އިން ފެށިގެން 09 އެޕްރީލް 2024 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް އެސްޓީޢޯއިން ބުނެއެވެ.



ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް އެސްޓީއޯ ކާޑު ގުދަނުން ދޫކުރަން ހަމަޖެހިފައިވަނީ ކުރިން ވެސް ދޫކުރަމުން އައިގޮތަށް ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރއަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި އެސްޓީއޯ ކާޑު ގުދަނުން މުދާ ދޫކުރަން ނިންމާފައިވާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 13:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން