ބިން ހިއްކުމަށްޓަކައި ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީއިން އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކަމުންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނަގަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެޗްޑީސީއިން އާއްމުކުރި ޗާޓުގައިިވާ ސަރަަހައްދުގައި ހުރި އުޅަނދުތައް މާދަމާރޭ 12 ޖެހުމުގެ ކުރިން ނަގަން އެ ކުންފުނިން ވަނީ އެދިފައެވެ. މިގޮތަށް ނަގާ އުޅަނދުތައް އެ ސަރަަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި މަސައްކަތުގައި އާއްމުންނާއި އުޅަނދުތަކުގެ ވެރިން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން